މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އިންނަމާދޫގެ ސިނާއީ މަސައްކަތްކުރާ ބިންތަކާގުޅޭ:

ދެންނެވުން

                          ނަންބަރު: 2022/2

ރ. އިންނަމާދޫގެ ސިނާއީ މަސައްކަތްކުރާ ބިންތަކާގުޅޭ:

20 މޭ 2022 ގައި ބޭއްވުނު މި ކައުންސިލްގެ 2022 ވަނަ އަހަރުގެ 19 ވަނަ ޖަލްސާއިން؛ ރ. އިންނަމާދޫގައި ސިނާއީ މަސައްކަތްކުރާ ސަރަޙައްދުން ދޫކޮށްފައިވާ ބިންތަކަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ކުލީގެ ފައިސާ އެއްކޮށްދައްކާ ޚަލާސްކުރާ ފަރާތްތަކަށް (2022 މޭ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ) އެއްކޮށް މަޢާފުކުރާގޮތަށް ފެންނަކަމަށާއި، އަދި މިގޮތަށް ބިމުކުލި ދައްކަން ބޭނުންވާ ފަރާތްތަކަށް 2022 ނޮވެމްބަރު މަހުގެ ނިޔަލަށް އެފުރުސަތު ދިނުމަށް ފެންނަކަމަށް، ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޤްލަބިއްޔަތުން ނިންމާފައިވާ ނިންމުމުގައިވާ ފަދައިން، އެ ފުރުޞަތަށް އެދި ހުށަހެޅުމުގެ ތާރީޚް މި ހިނގާ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. 

ވީމާ މިކަން، އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

29 ނޮވެންބަރު 2022
ހޯދާ