މާފަރު ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

                                                                                  GS115/2022/22

އިޢުލާން

  2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާގުޅޭ:

2023 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޑިސެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ސްކޫލް އޮފީހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
  2. ރެޖިސްޓްރީ ނަންބަރ
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

         މި ބިޑާ ގުޅޭ މައުލޫމާތު ޝެޝަން އޮންނާނީ 06 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާފަރު ސްކޫލްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 12 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި މާފަރު ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް 6560574 ނަންބަރު ފޯނާއެވެ.

28 ނޮވެމްބަރ 2022

28 ނޮވެންބަރު 2022
ހޯދާ