ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

                `

ގދ. ފަރެސްމާތޮޑާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

ގދ. ފަރެސްމާތޮޑާއިން ދިރިއުޅުމަށްޓަކާ 2000 އަކަފޫޓްގެ 40 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު 27 ޑިސެމްބަރ 2022 އިންފެށިގެން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވުހުގެ 14:00 އާއި ހަމަޔަށް ހުޅުވާލަމެވެ.

ވީމާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވުހުން ފެށިގެން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެވެ. 

ގދ.ފަރެސްމާތޮޑާއިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.  ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން، ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިންކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއްބަލާ އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު"  ގެ 16ވަނަ މާއްދާގައިބުނާ ކޮމިޓީއަށް ފެނުން.

އަދި ދަންނަވަމެވެ. ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓްދީ އެންމެމަތިން މަރކްސްލިބޭ 40 ފަރާތަށް ގޯތި ދޫކުރާ އުޞޫލުންނެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް ދެގޯތި ނުލިބޭނޭ ގޮތުގެ މަތިން ކަމަށްވާތީ އެންމެ މަތީން ޕޮއިންޓް ލިބޭ 40 ފަރާތުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ ގޯތި ދޫކުރެވޭނީ ދެމަފިރިންގެ ނަމުގައެވެ. މި ގޮތަށް ދެމަފިރިންގެ ނަމުގައި ގޯތި ބޭނުންވެނުލައްވާނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅުއްވާނީ ދެމަފިރިން މަޝްވަރާކޮށްގެންނެވެ. މި ގޮތުންވެސް ދެމަފިރިންނަށް ކަނޑަނޭޅިއްޖެނަމަ ގޯތިލިބޭ ފަރާތެއް ކަނޑައަޅާނީ ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. އަދި ގޯއްޗަށް އެދޭ ފަރާތެއް ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓެއްގެ ބައެއް ލިބިފައިވާނަމަ އެފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެއެވެ.

ވީމާ، މިރަށުން ގޯއްޗަށް އެދޭ މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

މި އިޢުލާނާއެކު ގޯތި ދިނުމުގެ އުޞޫލުވެސް އާންމު ކުރަމެވެ. މި ޢުސޫލާއި އިޢުލާން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840004 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

 

27 ނޮވެންބަރު 2022
ހޯދާ