މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން

 މިކުންފުނީގެ ތިލަފުށި ސައިޓު (އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަން)  ގައިހުރި 05 ވަރަކަށް ޓަނުގެ ބައުދަނގަޑުތަކެއް ޙާއްސަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ. އަދި ތިރީގައި ބަޔާންކުރެވިފައި އެވަނީ މިނީލަމުގެ ތަފްޞީލް ތަކެވެ.

1-     ނީލަން ކިއުން އޮންނާނީ 1 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން، ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2-     މިތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3-      މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރ 2022  ވާ އަންގާރަ ދުވަހު ހެނދުނު 10:30 އިން 12:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގަތުމުން މިތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

4-     މި ނީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރޭޝަން ފުރިހަމަކޮށް އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5-     މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/15000ރ (ފަނަރަހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ  003-100668-7701 އަށް 30 ނޮވެމްބަރ 2022 ވާ ބުދަ  ދުވަހުގެ ހެނދުނު 9:00 އާއި 11:00 އާއި ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6-     ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

7-     ނީލަން ފެށޭނީ ޓަނަކަށް -/3000ރ ( ތިންހާސް ރުފިޔާގެ )  ރޭޓުންނެވެ.

8-     ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9-     ނީލަން ކިޔުން ނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދައްކަންވާނެވެ.      

10-    ނީލަންނިމޭތާ 48 ގަޑި އިރުތެރޭގައި ބައުދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ.

11-    5 ޓަނަށް ވުރެ އިތުރު ވާނަމަ،އިތުރު ވާނެކަމަށް ލަފާކުރާ ޓަނުގެ އަދަދަށް، ނީލަން ނިމުނު އަގު ޓަނަށް ބަހާލުމުން ޓަނަކަށް ޖެހޭ ރޭޓުން އެޑްވާންސްކޮށް ފައިސާނެގޭނެއެވެ. އަދި 5 ޓަނަށް ވުރެ މަދުވާނަމަ، ނީލަން ނިމުނު އަގު ޓަނަށް ބަހާލުމުން ޓަނަކަށް ޖެހޭ ރޭޓުން ރީފަންޑް ޕްރޮސެސް ކޮށްދެވޭނެއެވެ.

12-    މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް 1650 އަށް ގުޅުއްވުމަށް އެދެމެވެ.

28 ނޮވެންބަރު 2022
ހޯދާ