މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ"

"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ"

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއު ހިންގުމަށްޓަކައި ޕްރޮޖެކްޓް އެސިސްޓެންޓްގެ މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 07 ޑިސެންބަރ 2022 ވާ ބުދަ ދުވަހުގެ 1200 ގެ ކުރިން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން އެ މުވައްޒަފެއް މި ވަޒީފާއަށް ވީއްލާނެކަމުގެ  ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީ ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

 މި  ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"އިންޓަގްރޭޓަޑް،ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"  މަޝްރޫއު އަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]، [email protected]

ވެބްސައިޓް: www.environment.gov.mv

 ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ.

 ތާރީހު: 28 ނޮވެމްބަރ 2022

28 ނޮވެންބަރު 2022
ހޯދާ