ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން 1 (އެއް) އަހަރު ދުވަހަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (IUL)422-B1/422/2022/89 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

2022 މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 74 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް  30 ނޮވެމްބަރ  2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ  06 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ހެދުނު 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާމާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ01 ޑިސެމްބަރ 2022  ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 4 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002625) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

27 ނޮވެންބަރު 2022
ހޯދާ