މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ލައިސެންސިންގ އެންޑް މޮނިޓަރިންގ

                        ޑިރެކްޓަރ، ލައިސެންސިންގ އެންޑް މޮނިޓަރިންގ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 31/IUL)427-OPR/1/2022)

ތާރީޚް: 27  ނޮވެމްބަރ 2022


މަޤާމު

ޑިރެކްޓަރ،ލައިސެންސިންގ އެންޑް މޮނިޓަރިންގ

ޢަދަދު

1

 

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން:  ޑިރެކްޓަރ، ލައިސެންސިންގ އެންޑް މޮނިޓަރިން ގްރޭޑް 1

ސެކްޝަން

ލައިސަންސިންގ އެންޑް މޮނިޓަރިންގ

އަސާސީ މުސާރަ:

-/11000ރުފިޔާ

އެލަވަންސް:

 

- ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

- މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

އަސާސީ ޝަރުޠު

 

 1. ދާއިރާއާއި ގުޅޭ ފީލްޑަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވުން. ނުވަތަ މިދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

 2.ދިވެހި  އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

 3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް  ފަރުވާބަހައްޓާ މީހަކަށްވުން.

 4. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

އެހެނިހެން ޝަރުޠު

 

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  1. ކޮމިޝަނުން ދޫކުރަމުންގެންދާ ލައިސެންސް ފަދަ ލިޔުންތައް ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެމަތީން ދޫކުރަމުން ގެންދިއުމުގެ އެންމެހާ މަސައްކަތެއް ރާވާ ހިންގާ ބެލެހެއްޓުން؛
  2. ކޮމިޝަނުން ދޫކޮށްފައިވާ ލައިސެންސް އެއްގެދަށުން ޚިދުމަތް ދެމުންގެންދާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ދެނެގަނެ އެއާއިމެދު އަޅާނެ ފިޔަވަޅު ބަލާ އެކަމެއް ނިންމަން އޮންނަ އެންމެ ފުރިހަމަގޮތެއްގައި ނިންމުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން؛
  3. ބްރޯޑްކާސްޓިންގ ނުވަތަ ރީބްރޯޑްކާސްޓިންގ އާއި ގުޅުންހުރި މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއްޖެނަމަ އެމައްސަލައެއް ބެލުމަށް ހަމަޖައްސާފައި އޮންނަ އުސޫލާއި އެއްގޮތްވާގޮތުގެމަތީން އެކަމެއްބަލާ އެކަމަކަށް އަޅަންޖެހޭނެ ފިޔަވަޅެއް އެޅުމުގެ އެންމެހައި މަސައްކަތެއް ރާވާ ހިންގާ ބެލެހެއްޓުން؛
  4. ކޮމިޝަނުން ލައިސެންސް ލިބިގެން ޚިދުމަތް ފޯރުކޮށްދެމުންގެންދާ ފަރާތްތަކުން ފޮނުވާ ކޮންޓެންޓާއިމެދު  ޢަމަލުކުރަމުން ގެންދަނީ ކޮމިޝަނުގެ ޤާނޫނާއި ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންތޯބެލުން؛
  5. ކޮންޓެންޓް މޮނިޓަރ ކުރުމަށް ކޮމިޝަނުން ހަމަޖައްސާފައި އޮންނަ އުސޫލާއި އެއްގޮތްވާ ގޮތުގެމަތީން ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓް މޮނިޓަކުރުމުގެ އެންމެހައި ކަމެއް ރާވާ ހިންގާ ބެލެހެއްޓުން؛
  6. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާ ތަކާއި ގުޅޭ ކޮންޓެންޓް ތަކާއިބެހޭ ރިޕޯޓް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތެއް ރާވާ ހިންގާ ބެލެހެއްޓުން؛
  7. ކޮމިޝަންގެ ލައިސެންސް ދިނުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން؛                       
  8. ކޮމިޝަންގެ ލައިސެންސް ދިނުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ރާވައި އެސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލުން؛
  9. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާ ތަކާއި ގުޅޭ ކޮންޓެންޓް ތަކާއިބެހޭ ރިޕޯޓް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތެއް ރާވާ ހިންގާ ބެލެހެއްޓުން؛
  10. ކޮމިޝަންގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ވާގޮތުގެ މަތިން މަސައްކަތްތައް ހިންގުން؛
  11. ކޮމިޝަނަށް ބޭނުންވާ އެކިއެކި ދިރާސާތައް ކުރުން؛
  12. ކޮމިޝަނުގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

 

ތަޢުލީމީ ރޮނގު

     މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން މަތީ ތަޢުލީމު ޙާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ތަކެތި

 

 

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް ހޮވޭފަރާތުން (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީއެއް ހުށަހެޅުން)
  4. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

 

ސުންގަޑި

 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:30  ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

 

-   މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317 / 3334333

-   އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

    މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،  

    ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ،

    މަޖީދީ މަގު،

   އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް

-   [email protected]

-  ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

30%

މަސައްކަތުގެ ތަޖްރިބާ

20%

އިންޓަވިއު

45%

ޕްރެސެންޓޭޝަން (ޝޯޓްލިސްޓް ވާ ފަރާތްތަކަށް ޕްރެސެންޓޭޝަން ހުށަހަޅަންޖެހޭ މައުލޫ ޙިއްޞާ ކުރެވޭނެ)

15%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

- ބްރޯޑްކާސްޓިންގެ ޓެކްނިކަލް ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

-  އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

-  ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

-  މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

-  މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-  ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ އަދި މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-  އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

-  ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

27 ނޮވެންބަރު 2022
ހޯދާ