ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުން.

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-269602           

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

އޮފީސް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، މާލެ

މުސާރަ:

13,890.00 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1500 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރުވެރިޔާގެ ގޮތުގައި ޑިޕާޓްމަންޓްގެ އެންމެހައިކަންތައްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ޑިޕާޓްމަންޓްގެ މެންޑޭޓްއާއި ގުޅިގެން ތައްޔާރުކުރުމަށް ބޭނުންވާނެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި، އަދި އެކްޝަން ޕްލޭން ހެދުމަށް ވެރިންނަށް ބޭނުންވާނެ ފަންނީ ލަފާ ދިނުން.
  3. ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ރޭވުންތައް ރޭވުމާއި ވޯކް ޕްލޭން ހެދުމުގެ މަސައްކަތް ވިލަރެސްކުރުމާއެކު، ސެކްޝަން ހެޑުން މެދުވެރިކޮށް މަސައްކަތްރާވާ ބެލެހެއްޓުން އަދި ލަފާޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.
  4. ދިވެހި ރައްޔިތުންގެ ކާޑު ހެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މިދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާނެ ހުނަރުތައް ފާހަގަކޮށް  ކަމާއިބެހޭ ވުޒާރާތަކާއި ގުޅިގެން މިކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  5. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ މަސައްކަތާއި ގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ބޭނުންވާ ޑިޕާޓްމަންޓުގެ ފަރާތުން ދޭންޖެހޭ ލަފަޔާއި އިރުޝާދުދީ، އިމްޕްލިމެންޓްކުރުމުގައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމާއި މިކަންކަން ކުރުމުގައި ސްޓާފުން ގައިޑްކޮށްދިނުން.
  6. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މޭންޑޭޓްގައި ހިމެނޭ އެންމެހައި ކަންތައްތައް ކުރެވޭތޯ ކަށަވަރުކުރުން.
  7. ޑިޕާޓްމަންޓްގެ ސެކްޝަންތަކުގެ ވެރިންނަށް މަސައްކަތް ހަވާލުކޮށް މޮނިޓަރކޮށް މަސައްކަތުގެ ފެންވަރުބަލާ ޤަވާއިދާ އެއްގޮތަށްކުރިއަށް ގެންދިއުން. 
  8. ޤާނޫން ތަކާއި ގަވާއިދުގެ ދަށުން ހެދުން ލާޒިމްކުރާ އުސޫލްތަކާއި، ޑިޕާޓްމަންޓްގެ އެސް. އޯ. ޕީ ތައް ހެދުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  9. ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކުގެ ދަށުން އަދި އެކޮމިޝަންގެ އިރުޝާދުތަކާ އެއްގޮތަށް ޕަރމަނަންޓް ސެކްރެޓަރީ ހަމަޖައްސާ ނިޒާމެއްގެ ދަށުން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުންމާއި އެކަން ހިނގަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަކަށް ބަލާ ކަށަވަރު ކުރުން.
  10. ޑިޕާޓްމަންޓްގެ މަސައްކަތާއި، މުވައްޒަފުންނާއި ގުޅުން ހުރި ކަންތައްތަކުގައި، ސަރުކާރުގެ އިދާރާތަކަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަށް ހުށައަޅަންޖެހޭ ލިޔެ ކިއުންތައް ހުށައެޅުން.  
  11.  އަހަރީ ޓްރޭނިންގ ޕްލޭން އާއި މުވައްޒަފުންނަށް ބޭނުންވާ ޓްރައިންންތަކާ އަދި އަހަރީ އެޕްރައިޒަލް ގެ ކަންތައްކަށް ބޭނުންވާ ލަފަޔާއި އިރުޝާދުދީ ކަނޑައަޅާފައިވާ ވަގުތަށް ނިންމާތޯ ކަށަވަރުކުރުން.
  12. ޑިޕާޓްމަންޓުގެ އިދާރީ ކަންތައްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތަށްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިންޕްލިމަންޓް ކުރޭތޯ ކަށަވަރު ކުރުން 
  13. އޮފީހުގެ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  14. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި ޑިޕާޓްމަންޓް ތަމްސީލްކުރުން. 
  15. ޑިޕާޓްމަންޓަށް ހޯދާ ތަކެއްޗާއި ޚިދުމަތްތައް މާލިއްޔަތު ޤަވާއިދާއި ޕްރޮކިއުމަންޓް ގަވާއިދާއެއްގޮތަށް ކުރިއަށްދޭތޯ ޔަގީން ކުރުން.
  16. އެސް. އޭ. ޕީ ސިސްޓަމްން އިން ހަދާ ބިލް ތަކާއި މުސާރަ ޕޯސްޓްކުރުމާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވައުޗަރތައް ހެދިފައިވޭތޯ ޔަގީންކޮށް ޚަރަދުތަކުގެ ވައުޗަރތަކުގައި ސޮއިކުރުން.
  17. އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން މެނޭޖްމަންޓް ލެވެލްގައި ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ އިރުޝަދު ދިނުން.
  18. އިދާރާގެ ޙިދުމަތައް އެންމެހާ ފަރާތްތަކަށް ލުއިފަސޭހަވާނޭހެން ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ޕްރޮސެސް ރީއެންޖިނިއަރކޮށް، އަވަސް ޚިދުމަތް ފޯރުކޮށްދެވޭނޭގޮތައް ބަލައި، ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުތަކާއި އެއްގޮތައް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބައްޓަންކޮށް، އޮންލައިން ޚިދުމަތްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމައް ކަމާއި ގުޅުންހުރި އިދާރާތަކާއި ވިލަރެސްކުމާއި އެކު އެންމެހައިކަންތައްތައްރާވާ ހިންގުމަށް އިންފޮމޭޝަން ޓެކްނޮލެޖީ ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުން.
  19. އިދާރާގެ ހިންގުމާއި ޚިދުމަތް ދިނުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލެޖީ އާއި ގުޅުން ހުރި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި، އިންފޮމެޝަން ޓެކްނޮލޮޖީ ސެކްޝަނުން ތައްޔާރުކުރާ ޕްލޭންތަކާއި، ސަރވަރ، ސްޓޯރޭޖު، ނެޓްވޯރކް އާރކިޓެކްޗަރތައް ބަލައި، ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް އެންމެ ޚަރަދުކުޑަ އަދި އެންމެ އިދާރާއަށް ފައިދާވާގޮތަށް މިފަދަ ޕްލޭންތައް ތަންފީޛް ކުރުން.
  20. އިދާރާގެ ޚިދުމަތްދިނުމަށް ތައްޔާރުކުރާ އެޕްލިކޭޝަންތަކުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމާއި، ޚިދުމަތް އިތުރަށް ފުޅާކޮށް ޓެކްމޮލެޖީގެ އެހީގައި ތަރައްގީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ރާވާއި، ދިގުމުއްދަތަކަށް ސިސްޓަމްތައް ބެލެހެއްޓައި ކުރިއަށް ގެންދާނެ ސްޓްރެޓަޖީތައް އެކުލަވާލައި ތަންފީޛްކުރުން.
  21. ޓެކްނޮލެޖީއަށް އަންނަބަދަލާއި ގުޅިގެން ދެމި ހުންނަނެވި ގޮތުގައި އަދި ދިގުމުއްދަތުގައި ޙަރަދު ކުޑަކުރުމުގެ މުގުސަދުގައި ސިސްޓްމްތައް އަޕްގްރޭޑް ޕްލޭންއެއްގެ ދަށުން އައުތަކެތި ހޯދުމުގެ މަސައްރާވާ ހިންގުން.
  22. އޮފީހުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްގެ، ކުއަލިޓީމެނުއަލްތަކާއި، ޕްރޮސީޖާރތައް އަދި ޗެކްލިސްޓްތައް އެކުލަވާލައި އެއާއި އެއްގޮތަށް ކަނޑައަޅާފައިވާ ވަގުތަށް ނިންމުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަގާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ކޮމްޕިއުޓަރ ސައިންސް
  5. އިންފޮމޭޝަން ޓެކްނޮލޮޖީ
  6. މެނޭޖްމަންޓް
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން

 މަގާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަގާމުގެ ކޯ ޑިސިޕްލިންތައް:  ނެތް

މަގާމުގެ މަސައްކަތު ދާއިރާތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ
  2. އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (% 10)
  7. އިންޓަރވިއު (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2022 ޑިސެންބަރ 6 އާ 2022 ޑިސެންބަރު 29 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307315 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 ނޮވެންބަރު 2022
ހޯދާ