ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި މި ހޮސްޕިޓަލުގެ ޖަނަރޭޓަރ ސެޓްތައް ވިއްކާލުމާގުޅޭ.

ސިޓީލާ ނީލަމުގައި މި ހޮސްޕިޓަލުގެ ޖަނަރޭޓަރ ސެޓްތައް ވިއްކާލުމާގުޅޭ.

މި ހޮސްޕިޓަލުގައި ކުރިން ބޭނުން ކޮއްފައިވާ 3 ޖަނަރޭޓަރ ސެޓު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެޖެއެވެ. މި ތަކެތި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 27 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 13:00ގެ ކުރިން މި ހޮސްޕިޓަލަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.

ކޮންމެ ދުވަހެއްގައި ހުށައަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00ގެ ފަހުން މި ހޮސްޕިޓަލުގެ https://www.facebook.com/GRHMV ފޭސްބުކުޕޭޖު ގައި އާންމު ކުރެވޭނެއެވެ. ނީލަމަށް ހުޅުވާލާތާ ރަސްމީ 7 (ހަތެއް) ދުވަސް ފަހުން ޖެހިޖެހިގެން ރަސްމީ ތިންދުވަހު އެއް އަގެއް ހުށައެޅި ފައިވާނަމަ އެފަރާތަކަށް ނީލަން ކާމިޔަބު ވާނެއެވެ. އެއް އަގެއް ދެފަރާތަކުން ހުށައަޅައިފިނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. އަގު ހުށައަޅާނީ 3 (ތިނެއް) ޖަނަރޭޓަރ ސެޓަށް ވަކިންނެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކޮށް ފައިސާ ދައްކާ ޚަލާސްކުރިތާ 7 ދުވަހުގެ ތެރޭގައި އެތަކެތި ހުރިތަނުން ގެންދަން ވާނެއެވެ.

  1. 6CTA8.3-G2 Soar Power Generator ނީލަން ފަށާ އަގު: 14،000.00 (ސާދަ ހާސް) ރުފިޔާ
  2. 6BTAA5-9-G2 Cummins Engine ނީލަން ފަށާ އަގު: 12،550.00 (ބާރަ ހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ
  3. NT-355-G5-BC Cummins Engine ނީލަން ފަށާ އަގު: 14،100.00 (ސާދަ ހާސް އެއް ސަތޭކަ) ރުފިޔާ

ނީލަމުގައި ކޮންމެ ފަހަރަކުވެސް މަދުވެގެން އިތުރު ކުރެވޭނީ 1000 (އެއްހާސް) އެވެ.

އަގު ހުށައަޅާއިރު ހުށައަޅާ ޖެނެރޭޓަރ ސެޓްގެ ކޯޑު ސިޓީގައި ސާފުކޮށް ހުށައަޅަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ފުރަތަމަ ސިޓީ ފޮނުވާއިރު ނީލަމުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑުރެސް، ދިރިއުޅޭ އެޑުރެސް، އައިޑީކާޑު ނަމްބަރު، ފޯންނަމްބަރު ސިޓީގައި ހިމަނަންވާނެއެވެ. އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައަޅަންވާނެއެވެ. މި ތަކެތީގެ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި މި ހޮސްޕިޓަލުގެ 6800794، 6800703 ނަމްބަރު ތަކަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2022
ހޯދާ