ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކު ގެ ހަޓް ކުއްޔަށް ދޫކުރުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮޅުމަޑުލު ދިޔަމިގިލި ގައި އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ހަޓް ކުއްޔަށް ހިފާނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2022 ނޮވެމްބަރ 27 ވާ އާދިއްތަ ދުވަހުގެ 08:30 ން ފެށިގެން 2022 ޑިސެމްބަރ 04 ވާ އާދިއްތަ ދުވަހުގެ 13:30 އާއި ހަމަޔަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރ 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައިއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6780004 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއާޚިރު 1444

24 ނޮވެންބަރު 2022
ހޯދާ