ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީން ކުރިއަށްގެންދާ މެޑިކަލް ވެލްފައަރ ޕްރޮގްރާމާ ގުޅޭ

އިޢުލާން

މި އެޖެންސީން ކުރިއަށްގެންދާ މެޑިކަލް ވެލްފައަރ ޕްރޮގްރާމާ ގުޅޭ

ރައްޔިތުންނަށް ފޯރުކޮށްދޭ ބޭސްފަރުވާގެ ޚަރަދު ހަމަޖައްސާދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ލުއިފަސޭހަކުރުމުގެ މަޤްސަދުގައި، މި އެޖެންސީ އަދި އާސަންދަ ކުންފުނި މެދުވެރިކޮށް ފޯރުކޮށްދޭ ބޭސްފަރުވާގެ ޚަރަދު ހަމަޖައްސާދިނުމާ ގުޅޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ވިރަ"ގެ ނަމުގައި އައު ނިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ.

މިގޮތުން ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިއެޖެންސީއިން ކުރިއަށްގެންދާ މެޑިކަލް ވެލްފެއަރ ޕްރޮގްރާމްއަށް އެދި ހުށަހަޅުއްވާ ފޯމުތައް 24 ނޮވެންބަރު 2022 އިން ފެށިގެން ހުށަހަޅުއްވާނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ "ވިރަ" ކައުންޓަރުތަކަށް ކަމުގައި ދަންނަވަމެވެ. އަދި އޮންލައިންކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިގޮތަށް ހުށަހަޅުއްވާ ފޯމުތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް 1400 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

"ވިރަ" ކައުންޓަރުތަކަށް ހުށަހަޅުއްވާ ފޯމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ މިއެޖެންސީ އަދި އާސަންދަ ކުންފުނި ގުޅިގެން ކަމުގައި ދަންނަވަމެވެ. އަދި މިގެނެވުނު ބަދަލާއެކު ބޭސްފަރުވާގެ ޚަރަދު ހަމަޖައްސާދިނުމަށް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަލުވިވުމާއެކު، ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބުމަށް މަގުފަހިވެގެންދާނެއެވެ. މި ބަދަލާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 ނުވަތަ އާސަންދަ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

30 ރަބީޢުލްއާޙިރް 1444

24 ނޮވެންބަރު 2022

24 ނޮވެންބަރު 2022
ހޯދާ