މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް، މިއިދާރާއިން ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާން ކުރާނެ ބޭފުޅުން ބޭނުން ވެއްޖެއެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ އަދަދު: 02 ( ދެއެއް)

އުޖޫރަ:

 A, A1 ގިންތީގެ އުޅަދެއް އިމްތިހާނު ކުރާނަމަ -/15 (ފަނަރަ) ރުފިޔާ

     އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިހާނު ކުރާނަމަ -/25 (ފަންސަވީސް) ރުފިޔާ

ޝަރުތު:

  • މީލާދީ ގޮތުން އުމުރުން 55 އަހަރު ނުވުމާއި އެކު ރަނގަޅު ޞިއްހަތެއްގައި ހުރި ދިވެހި ރައްޔިތެއް ކަމުގައި ވުން
  • ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސްވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
  • ޑުރައިވިންގ ސުކޫލަކާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސަންގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސަންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭނެ މީހުނަށް އިސްކަން ދެވޭނެއެވެ. މިގޮތުން އެގްޒަމިނަރުން ހޮވުމުގައި މިއިދާރާއަށް ފެނިއްޖެ ނަމަ ކުރިމަތިލާފަރާތްތަކާއި އިންޓަވިއު ކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއިން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2022
ހޯދާ