މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރޯން އަދި ޑްރޯން ސޮފްޓްވެއަރ އެއް ގަންނަން

އިޢުލާން

ނ. އަތޮޅު ބިމާ، ފަރާއި ފަޅުގެ ލޭންޑް ޔޫސް ޕްލޭންތައް ހިންގުމަށާއި، ދިރާސާކޮށް މައުލޫމާތު ބެލެހެއްޓުމަށާއި، މައުލޫމާތު އާއްމުކުރުމަށާއި އަދި އެކި ބޭނުންތަކަށް އެތަންތަން ދޫކުރުމަށްޓަކައި މިންކޮށް ހިސާބުކުރުމަށްޓަކައި ނ. އަތޮޅު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް  ޑްރޯން އަކާއި، ޑްރޯން ސޮފްޓްވެއަރއެއް  އަދި ޑްރޯނަށް ބޭނުންވާ މޯބައިލް ސްޓޭޝަން އާއި މުވައްޒަފުންގެ ތަމްރީނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)228-DG/228/2022/40 (17-10-2022 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށައަޅުއްވާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.

           

ބީލަން ރަޖިސްޓްރީކުރުން

          ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށްބޭނުންވެލައްވާ ފަރާތްތަކުން    (ބިޑްރަޖިސްޓްރީކުރާ ފޯރމް ) މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް    ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

23 ނޮވެމްބަރ 2022 ން

29 ނޮވެމްބަރ 2022 އަށް

29 ނޮވެމްބަރ 2022

14:00  އަށް

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

05 ޑިސެމްބަރ 2022

13:00

އަންދާސީ ހިސާބު ހުށަހެޅުން

09 ޑިސެމްބަރ 2022

13:00

ބީލަމާގުޅޭ ތާވަލު:

 

 

 

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.              

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.

23 ނޮވެންބަރު 2022
ހޯދާ