މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމާއި ގުޅޭ

އިޢުލާން

 

ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމާއި ގުޅޭ

"ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު" (4 ވަނަ އިސްލާޙް) ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލިވަނީ ކަނޑައަޅާފައެވެ. 24 އޮގަސްޓް 2022 ވީ ބުދަ ދުވަހު ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 37 ވަނަ އާންމު ބައްދަލުވުމުން އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލިވަނީ ފާސްކޮށްފައެވެ. ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

#

ބޭނުން

ރޭޓް (ރުފިޔާ)

1

ވިޔަފާރި ބޭނުމަށް

0.50 (ފަންސާސް ލާރި)

2

ގުދަންކުރުމަށް

0.40 (ސާޅީސް ލާރި)

3

ސިނާއި މަސައްކަތްކުރުމަށް (ލަކުޑި،ފައިބަރ،އެހެނިހެން)

0.50 (ފަންސާސް ލާރި)

4

ކެފޭ ރެސްޓޯރަންޓް ހިންގުމަށް

0.50 (ފަންސާސް ލާރި)

5

ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށް

1.0 (އެއް ރުފިޔާ)

6

ވޯކްޝޮޕް އަދި ގަރާޖް ހިންގުމަށް

0.50 (ފަންސާސް ލާރި)

7

ޓްއަރިޒަމް ބޭނުމަށް

2.50 (ދެރުފިޔާ ފަންސާސް ލާރި)

8

މަސްވެރިކަމުގެ މަސައްކަތް

0.50 (ފަންސާސް ލާރި)

9

ދަނޑުވެރިކަން ކުރުމަށް / ޖަނަވާރު ގެންގުޅުމަށް

0.10 (ދިހަ ލާރި)

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ރަބީޢުލް އާޚިރް 1444

23 ނޮވެންބަރު 2022
ހޯދާ