މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާ އިމާމް / މުދިމް ބޭނުންވެއްޖެ

                           ކ. ގުޅީ (މަސްޖިދުއްނަޞްރު) މިސްކިތުގެ އިމާމުން / މުދިމުން ވަކިވުމުން ނުވަތަ ޕޭލީވް / ނޯޕޭލީވް ނެގުމުގެ ނުވަތަ، އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުދައްތައް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

އިމާމް / މުދިމް

ބޭނުންވާ ޢަދަދު: 01  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕުލޯއިމަންޓް އުސޫލުން 01 އަހަރަށް

މުސާރަ:

މަސައްކަތް ކުރާގަޑިއަކަށް -/61 ރުފިޔާ (އިމާމް)

މަސައްކަތް ކުރާގަޑިއަކަށް -/53 ރުފިޔާ (އިމާމް)

ވަޒީފާ އަދާކުރަންޖެހޭތަން:

މާލެއަތޮޅު ގުޅީ މިސްކިތް / މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 7 ދުވަސް، ދުވާލަކު 5 ގަޑީއިރު

 

ފެންވަރު ނުވަތަ ޝަރުޠު:  އިމާމް: އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

                  މުދިމް: ޤުރުއާން ރީއްޗަށް ކިޔަވައެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

 

މަޤާމުގެ މަސައްޢޫލިއްޔަތު:

  1. ކައުންސިލް އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން. 
  5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނުވަތަ ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ނުވަތަ ބެހެއްޓިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނުވަތަ ކައުންސިލްއަށް އެންގުން. އަދި މިސްކިތްތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްފައިނުވާ އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ އެކަން ކައުންސިލަށް އެންގުން.
  7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ސުޕަވައިޒަރަށް އަންގާ އެބޭފުޅަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ކައުންސިލް ހުއްދައާއެކު ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  9. އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން  ކައުންސިލުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދުކުރުން.
  10. އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރަންޖެހޭ ޙާލަތްތަކުގައި އެނަމާދުތައް ކުރުން.
  11. އިމާމުވެ ކަށު ނަމާދުކުރަންޖެހޭ ޙާލަތްތަކުގައި ކަށު ނަމާދުކުރުން. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ޙާލަތެއްގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  12.  ކައުންސިލުން އަންގާ ގޮތަށް މިސްކިތު މަސައްކަތު މީހުން ސްޕަވައިޒް ކުރުން.
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2022 ޑިސެންބަރު ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް  މާލެއަތޮޅު ގުޅީ ކައުންސިލްގެ މީޓިންގރޫމް ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2022 ނޮވެމްބަރ 29 ވަނަ ދުވަހުގެ މެންދުރު ފަހު 14.00 ގެ ކުރިން މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

3 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

 

މި އިޢްލާނާއި ، ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640068 އަށެވެ. އީމެއިލް ކުރާނީ[email protected]   އަށެވެ.

                         މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

23 ނޮވެންބަރު 2022
ހޯދާ