މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތުގެ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސްލަޓެންޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ފާރމް)އެއް ހޯދުމަށް

ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތުގެ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސްލަޓެންޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ފާރމް)އެއް ހޯދުމަށް: 

                                                                                                                                          (IUL)438-WMPC/438/2022/518 :ރިފަރެންސް ނަމްބަރ

ޕްރޮޖެކްޓް ނަންބަރ:   MV-MEE-158465-CS-CQS                                                                        ތާރީޚް: 23 ނޮވެމްބަރ 2022

 ދިވެހި ސަރުކާރަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން، އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތުގެ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސްލަޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ކުންފުންޏެއް ހޯދުމަށް  ކުރެވުނު ޢިއުލާން : (IUL)438-WMPC/438/2022/387   ގެ ޓާރމްސް އޮފް ރިފަރެންސްގައި ބައެއް މަޢުލޫމާތު މަދުވުމުގެ ސަބަބުން އަލުން ޢިއުލާން ކުރަމެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، 2023 ގައި ޕީ.އެސް.އައި.ޕީ ބަޖެޓުން ޙަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 3  ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުގެ ޑީޓައިލްޑް ޑިޒައިން ތައްޔާރުކޮށް ބީ.އޯ.ކިޔު ހެދުމާއި، އިތުރު  14 ރަށެއްގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ އިތުރުން 25 ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުގެ (14 އާ ސެންޓަރު އިމާރާތް ކުރުމާއި، 11 ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް) ކޮންސްޓްރަކްޝަން ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން މަސައްކަތް ކުރާ ކީ އެކްސްޕަރޓުންގެ ޓީމެގެ މަޢުލޫމާތު) ޓީ.އޯ.އާރް ގެ 9ވަނަ ނަންބަރުގައިވާ (އިވެލުއޭޝަން ކްރައިޓީރިއާގައި ވާ ގޮތައް) ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް ( ޓީ. އޯ . އާރް) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ކޮންސަލްޓެންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް "(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް)ގެ އުޞޫލުންނެވެ. ވީމާ މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސްގައިވާ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތްއް ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓެންސީ އުސޫލުން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މި އުސޫލުގެ ދަށުން ބީލަން ހުށަހަޅާނަމަ، އެކަން އަނގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާނީ ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 8 ޑިސެމްބަރ 2022 ވާބުރާސްފަތި ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށެވެ.

އީމެއިލް ގެ ސަބްޖެކްޓްގެ ގޮތުގައި ތިރީގައި މިވާ އިބާރާތް ލިޔެވިފައި އޮންނަންވާނެއެވެ.

Expression of Interest - Design and Construction Supervision Consultant (Firm) for Island Waste Resource Management Centers to be established under the Maldives Clean Environment Project (MCEP)”

އީމެއިލް އެޑްރެސް: [email protected] 

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 5ޑިސެމްބަރ 2022 ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޯލޮޖީ

އެން.ސީ.އައި.ޓީ ބިލްޑިންގ

ކަލާފާނު ހިނގުން / މާފަންނު / މާލެ

އީމެއިލް އެޑްރެސް: [email protected]

ނަންބަރު:   +960 3018451

23 ނޮވެންބަރު 2022
ހޯދާ