ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • 2023 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2022 ނޮވެމްބަރ 23 އިން 2022 ނޮވެމްބަރ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 11:00 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެމްބަރ 29 ވާ އަންގާރަ ދުވަހުގެ 11:15 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ނޮވެމްބަރ 30 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލްގައި އޮންނާނެއެވެ.

 

  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 04 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތާދޫ ސްކޫލް

ބ. ހިތާދޫ، ދިވެހިރާއްޖެ.

ފޯން: 6600314

އީ-މެއިލް: [email protected]

23 ނޮވެންބަރު 2022
ހޯދާ