މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުމުގެ ބޭނުންނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ އެންމެ ކުޑަ ކުލި:

އިޢުލާން

މީހުން ދިރިއުޅުމުގެ ބޭނުންނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ އެންމެ ކުޑަ ކުލި:

ރ.އިންނަމާދޫ އިން އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެގޮތުން 2022 މެއި 20 ވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 19 ވަނަ އާންމު ބައްދަލުވުމުގައި ފާސްކުރެވުނު "މީހުން ދިރިއުޅުމުގެ ބޭނުންނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ އެންމެ ކުޑަ ކުލީގެ" ރޭޓްތައް ތިރީގައި މިވަނީއެވެ.

 

#

ބިންދޫކުރެވޭ ބޭނުން

ރޭޓް (އަކަފޫޓަކަށް)

1

ސިނާއީ މަސައްކަތްކުރާ ބިންތައް (ލަކުޑި އަދި ފައިބަރު މަސައްކަތް)

45 ލާރި

2

އެކިއެކި ވިޔަފާރި ބޭނުމަށް ގުދަންކުރުމަށް ދޫކުރެވޭ ބިންތައް

60 ލާރި

3

ކެފޭ، ހޮޓާ، ރެސްޓައުރެންޓް ފަދަ ތަންތަން ހިންގުމަށް ދޫކުރެވޭ ބިންތައް

60 ލާރި

4

އާންމު ވިޔަފާރިއަށް ދޫކުރެވޭ ބިންތައް

60 ލާރި

5

ވާރކްޝޮޕް، ގަރާޒް ފަދަ ތަންތަން ހިންގުމަށް ދޫކުރެވޭ ބިންތައް

40 ލާރި

6

ދަނޑުވެރިކަން، ލޮނުމަސް އެޅުން، މަސްކެއްކުން ފަދަ މަސައްކަތްތަކަށް ދޫކުރެވޭ ބިންތައް

10 ލާރި

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2022
ހޯދާ