އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ރިސާރޗް ކޮންސަލްޓަންޓް

ތާރީޚް: 22 ނޮވެންބަރު 2022

ނަންބަރު: IUL)486-HR/1/2022/47)

މި އޮފީހުން ކުރި ނަންބަރު: IUL)486-HR/1/2022/33) އިޢުލާނުގެ ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާ މަޤާމުގެ މަސްއޫލިއްޔަތާއި ޝަރުޠަށް އިސްލާޙުގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމް

ރިސާރޗް ކޮންސަލްޓަންޓް

މުއްދަތު

2023 ޖޫން 30ގެ ނިޔަލަށް

ބޭނުންވާ އަދަދު

01 (އެކެއް)

މި މަޤާމުގެ ޝަރުޠުތަކާއި، މަސްޢޫލިއްޔަތުތައް ހިމެނޭ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެންބަރު 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

 

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަޤާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތަށް ސިޓީގައި ހިމަނައިފައިވުން)
  6. ކުރިންކޮށްފައިވާ މި ބާވަތުގެ މަސައްކަތްތައް ދަލީލުކޮށްދޭ ރިފަރެންސް ސިޓީ (މަސައްކަތްކޮށްދިން އިދާރާ، މަސައްކަތްކޮށްދިން މުއްދަތު އަދި ކުރި މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 5 ފަރާތެވެ.
  2. މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
  3. މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ދިވެހިންނަށެވެ.
  4. މަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް މިއިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އިމެއިލަށް ލިޔުއްވުން އެދެމެވެ.

 

                                   29 ރަބީޢުލްއާޚިރު 1444

23 ނޮވެންބަރު 2022
ހޯދާ