މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. 07 މަގުބައްތި ޖަހަން ބޭނުންވާތީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ނޮވެމްބަރ 2022 ން 27 ނޮވެމްބަރ 2022 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށް މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
  3. މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  5. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
22 ނޮވެންބަރު 2022
ހޯދާ