ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 18 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ޖަމްއިއްޔާ ތަކާ ބެހޭ ޤާނޫނު ނަންބަރު ( 2013 / 1 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާއަތްތަކަށެވެ.

ވިމާ 1 ޖެނުއަރީ 2023 އިން 31 ޑިސެމްބަރ 2023 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 ށް (14 ގަޑި އިރު) ސެކިއުރިޓީ ބަލަހައްޓަންވާނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑި އިރު ސެކިއުރިޓީ ބަލަހައްޓަން ވާނެއެވެ. 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6780573 އާއި ގުޅުއްވުން އެދެމެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ތިރީގައިއެވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

- 2023 ވަނަ އަހަރު ކަނޑޫދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން / ތ.ކަނޑޫދޫ ސްކޫލް

 

27 ރަބީޢުލްއާޚިރް 1444

                                                          21 ނޮވެމްބަރ 2022 

21 ނޮވެންބަރު 2022
ހޯދާ