ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

އިޢުލާން


ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

 

1-      01 ޖެނުއަރީ 2023 ން ފެށިގެން 31 ޑިސެންބަރު 2023ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

2-      މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2022 ނޮވެންބަރު 21 އިން 2022 ނޮވެންބަރު 24 އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

3-      މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެންބަރު 27 ވާ އާދިއްތަ ދުވަހުގެ  13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

4-      މިބީލަމާ ބެހޭގޮތުން ސުވާލުހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.

 

5-      ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.

 

6-     މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7-     ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ނ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު

  ނ.ވެލިދޫ، ދިވެހިރާއްޖެ

  ފޯން: 6560019

  އީ-މެއިލް: [email protected]

 

  

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ނޮވެންބަރު 2022
ހޯދާ