ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެމަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ޢާއްމުކުރުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަމްބަރު (7/2010) (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާގޮތަށް ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ،އޮކްޓޫބަރ  މަހުގައި މި ދެންނެވި މަޢުލޫމާތު ޢާއްމުކޮށްފައިވާ ކައުންސިލްތަކުން އެމަޢުލޫމާތު 10 ނޮވެމްބަރ 2022 ގެކުރިން މި ކައުންސިލަށް ޙިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން ސެޕްޓެމްބަރ،އޮކްޓޫބަރ މަހުގެ މަޢުލޫމާތު ދަންނަވާފައިވާ ތާރީޚްގައި، ޢާއްމުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ މި އިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

1-      ކޮޅުމަޑުލު ބުރުނި ކައުންސިލްގެ އިދާރާ

2-      ކޮޅުމަޑުލު ވިލުފުށި ކައުންސިލްގެ އިދާރާ

3-      ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

4-      ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ

5-      ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

6-      ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް ، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

20 ނޮވެންބަރު 2022
ހޯދާ