ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ގާދިއްފުށި މެޖިސްޓްރޭޓް ކޯޓަށް ހައުސްކީޕަރ އެއް ބޭނުންވޭ

`

 

ކޮޅުމަޑުލު ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް

  ތ. ގާދިއްފުށި، ދިވެހިރާއްޖެ     

ނަންބަރު:(IUL)N9C-A/2022/07

އިޢުލާނު

 

މަޤާމު:

ހައުސްކީޕަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ގާދިއްފުށި މެޖިސްޓްރޭޓް ކޯޓު

މުސާރަ:

-/3100 ރުފިޔާ (ތިންހާސް އެއް ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ސަރވިސް އެލަވަންސް: -/1,000

- ލިވިންގ އެލަވަންސް: -/2,550

ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ކޮންމެ ދުވަހަކު ކޯޓަށް ޙާޟިރުވުމާއެކު ކޯޓުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި ސާފުކޮށް، މޮޕުލުން.
  2. ކޯޓުގެ ކޮމްޕިޔުޓަރާއި ޕްރިންޓަރު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  3. ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި އަމުރުތައް އެފަރާތްތަކަށް ރައްދުކުރުން.
  4. ކޯޓުގެ ގޯތިތެރެއާއި ކޯޓު ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމާއި، ހަފްތާއަކު އެއްފަހަރު ކުނިއުކާލުން.
  5. ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި މަދުވެގެން މަހަކު އެއްފަހަރު ސާފުކުރުން.
  6. ކޯޓުގެ ގޯތިތެރޭގައި ގަސްހައްދައި، ސާފުކޮށް ބެލެހެއްޓުމާއި، ގަސްތައްކޮށާ ކުނިއުކާލުމާއި، ގަސްތަކަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ފެންދީ ބެލެހެއްޓުން.
  7. ކޯޓުގެ ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެއްޗާއި، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތަކާއި، ފާރުތަކާއި ސީލިންގްތަކާއި ފަންކާތަކާއި، އެއަރކޮންޑިޝަން ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  8. ކޯޓުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާ ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުން.    
  9. ކޯޓު ގޯތިތެރޭގައިވާ ފެންވަޅު ހަޑިވުމުން ނުވަތަ އަހަރަކު އެއްފަހަރު ދިޔަހިއްކާ ސާފުކުރުން.
  10. ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެން ރަށަކުން ކޯޓަށް ފޮނުވާތަކެތި، ދޯނިން ނުވަތަ ލޯންޗުން ނަގައިގެން ކޯޓަށް ގެނައުން.
  11. ކޯޓުގައި އުފެދޭ ކުނީގެ ތެރެއިން އުކާލަންޖެހޭ ތަކެއްޗާއި އަންދަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު އުކާލުމާއި އެންދުން.
  12. ކޯޓުގެ ބޭރު ލައިޓުތައް ހަވީރު ދިއްލުމާއި ހެނދުނު ނިއްވުން.
  13. ކޯޓުގެ ތަންތަނާއި ތަކެތީގެ ކުދިކުދި މަރާމާތުތައް ކުރުން.
  14. ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.
  15. ހައުސްކީޕަރުގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގެ ކޯޓުގެ މުވައްޒަފުން ހަވާލުކުރާ ކޯޓާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ނޯޓް: (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ތ. ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓުން ޓެސްޓެއް ދީގެންނެވެ.)

ތަޢުލީމީ ރޮނގުތައް

މި މަޤާމަކީ ވަކި ޚާއްޞަ ތައުލީމީ ރޮނގެއް ކަޑައެޅިފައިނުވާ މަޤާމެކެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

މި މަޤާމަކީ މަޤާމުގެ މަސައްކަތުގެ ވަކި ޙާއްޞަ ދާއިރާއެއް ކަނޑައެޅިފައިނުވާ   މަޤާމެކެވެ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ވަޒީފާއަދާކުރަން ޖެހޭ އިދާރާގެ މުވައްޒަފުންނާ ތިރީގައި ބަޔާންކޮށްފައި އެވާ ފަދަ ގުޅުމެއް އޮތް މީހަކު ކަމުގައި ނުވުން.

2.1.            މަންމަ (ދޮންމަންމަ ހިމެނޭގޮތަށް)

2.2.            ބައްޕަ (ދޮންބައްޕަ ހިމެނޭގޮތަށް)

2.3.            ކާފަ

2.4.            މާމަ

2.5.            އަނބިމީހާ

2.6.            ފިރިމީހާ

2.7.            މައިދައިތަ

2.8.            ބަފައިބެ

2.9.            ބޮޑުދައިތަ

2.10.         ބޮޑުބޭބެ

2.11.         އެއްބަނޑު މީހުން

2.12.         އެއްބަފާ މީހުން

2.13.         އެއްބަނޑު އެއްބަފާ މީހުން

2.14.         ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.15.         މަތީގައި ބަޔާންކޮށްފައި އެވާ 9 އިން 14 އަށް ހުރި ފަރާތްތަކުގެ ތެރެއިން ފަރާތަކާ ކައިވެނިކޮށްގެން އުޅޭ މީހުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުނާއި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.judiciary.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް މާކްސް ކަނޑައެޅިފައިވާ ގޮތް ތިރީގައި އެވަނީއެވެ:

ކަނޑައެޅިފައިވާ މާކްސް

ކޮމްޕީޓަންސީ ދާއިރާ

50

އަސާސީ ޝަރުޠު ހަމަވުމުން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

40

އިންޓަރވިއު

100

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތ ގާދިއްފުށި މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން   އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 4 ޑިސެމްބަރ 2022 އާއި 20 ޑިސެމްބަރ 2022 އާ ދެމެދު، ތ. ގާދިއްފުށި މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780730، 6780731 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

 

26 ރަބީޢުލްއާޚިރު 1444

20 ނޮވެމްބަރ 2022

20 ނޮވެންބަރު 2022
ހޯދާ