ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މޭސަން/ ޕްލަމްބަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: 666 /MNU-HR/2014

ތާރީޚު: 17 ނޮވެންބަރު 2014

މަޤާމު:

މޭސަން/ ޕްލަމަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު .005610 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު  2000.00 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަންޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މޭސަން/ ޕްލަމަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، މޭސަން ގްރޭޑް1/ ޕްލަމަރ ގްރޭޑް 1 ގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

 

 

މަޤާމު:

މޭސަން ގްރޭޑް 1/ ޕްލަމަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5020.00 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު: 1304.00 ރުފިޔާ

 

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވެންސް:

މަހަކު: 1500.00 ރުފިޔާ

 

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ލިބިފައިވުން. ނުވަތަ،
    • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
    • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
    • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
      • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
      • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރޭނުމާއި، ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
  • ގަލާއި ހިލަ، ކޮންކޮރީޓް، ކޮންކްރީޓް ބްލޮކް އަޅައިގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.
  • އިމާރާތުގެ ފާރުތަކުން ހަލާކުވާ ތަންތަން، ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
  • ފާޚާނާތަށްޓާއި މޫނުދޮންނަތަށި ހަރުކޮށް ބަދަލުކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އަދި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި، ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.
  • ރާނައި ސިމެންތި ޖެހުމާއި ޕުޓީގެ މަސައްކަތާއި ކުލައާއި ދަވާދުލުން.
  • ރާނާ ސިމެންތިޖެހުމުގެ މަސައްކަތްތަކުތެ އެސްޓިމޭޓް މައުލޫމާތު ތައްޔާރުކުރުން.
  • ރޭނުމުގެ މަސައްކަތްތަކާއި ގުޅުންހުރި ވަޑަމުގެ މަސައްކަތް ކުރުން.
  • އެކުގައި މަސައްކަތްކުރާ އެހެންމީހުނާ މަސައްކަތް ހަވާލުކުރުން.
  • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.
    • ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުންކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.
    • ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖްގެ އެހީގައި ލީކް ޓެސްޓްކޮށް ލީކްވާ ތަންތަން ހޯދުން.
    • މަސައްކަތުގެއަގުތަކުގެ އެސްޓިމޭޓް ލިޔެ، ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވާހަކަދެއްކުން.
    • އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓް ވައިރިންފަދަކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭނެއް ހެދުން.
    • ހަވާލުކުރެވޭ މަސައްކަތްތަކުގެ ރިކޯޑާއި މަސައްތުގެ ރިޕޯޓް ތައްޔާރުކުރުން.
    • އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަކުރުން.
    • ޕައިޕްކަޓަރ، ބެންޑަރު، ތްރެޑްކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ތްރެޑް ކެނޑުމާއި، އެންގަލްތަކަށް ހޮޅި ލަނބައި ހެދުން.
    • ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކާއި ފެންގުޅާ އެންމެހައި ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅި އަޅައި ފެންވައިރުކުރުން.
    • ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި، ފާރުގައާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.
    • ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލުކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް މިތަކެތި މަރާތުކޮށް ބެލެހެއްޓުން.
    • ފާޚާނާ ނިޒާމުގެ އިތުރުން އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.
    • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 35 އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
17 ނޮވެންބަރު 2014
ހޯދާ