ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:   

އިމާމު / މުދިމު

ބޭނުންވާ އަދަދު:

1

މަޤާމުގެ އޮތް އޮފީސް:

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ 

ސެކްޝަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކިނބިދޫ މިސްކިތްތައް،  ތ. ކިނބިދޫ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ރަށު ކައުންސިލް އިދާރާއިން ހަވާލުކުރާ މިސްކިތަކަށް، ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓްކުރިން ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟް ފަސްނަމާދަށް ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުމާއި، ކޮންމެ ނަމާދު ވަގުތަކަށް 1 ގަޑިއިރު ހޭދަކުރުމާއެކު، ދުވާލަކު 5 ގަޑިއިރު، ހަފުތާއަކު ޖުމްލަ 35 ގަޑިއިރު މަސައްކަތްކުރުން.

2- ކޭތަނަމާދާއި ޢީދު ނަމާދާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދާއި ކަށުނަމާދު އިމާމުވެ ކުރުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

3- މިސްކިތު އިމާމުންނާއި މުދިމުންނާއި މަސައްކަތު މީހުންގެ ހާޒިރީ ތައްޔާރުކޮށް، ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއްގައި ހާޒިރުވި ގަޑިއާއި ނިމުނު ގަޑިޖަހައި ސޮއިކުރުމާއި، ރަސްމީ ދުވަސްތަކުގައި 11.00 ގެ ކުރިން ކައުންސިލް އިދާރާގައި ސޮއިކުރުން.

4-  މިސްކިތު އިމާމުންނާއި މުދިމުންނާއި މަސައްކަތު މީހުންގެ އިތުރުގަޑީ ހާޒިރީ ތައްޔާރުކޮށް، މަސައްކަތް ފެށި ގަޑިއާއި ނިއްމި ގަޑިޖަހައި، ކުރި މަސައްކަތުގެ ޚުލާޞާއެއް ލިޔެ، ހުއްދަދިން ފަރާތުގެ ސޮއިކުރުވުމާއި، މަސައްކަތް ކުރިފަރާތާއި ދެފަރާތުން ސޮއިކުރުން.

5- މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތައް ކައުންސިލް އިދާރާއަށް އަންގައިގެން ރަގަނޅު ކުރެވޭތޯ ބެލުމާއި، ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް ދިމާވާ މައްސަލަތައް ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.

6- މިސްކިތު މަސައްކަތު މީހުންގެ ހާޒިރީ ބެލެހެއްޓުމާއި، މަސައްކަތު މީހުން ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދުން ކުރޭތޯބަލައި ސްޕަވައިޒްކޮށް ޒިންމާދާރު ވެރިޔާއަށް ރިޕޯޓްކުރުން.

7-  މިސްކިތު މަސައްކަތު މީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތު އިމާމު ނުވަތަ މުދިމު މިސްކިތުތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެންދަމުން މިސްކިތުގެ ބޮކިތަކާއި ހޮޅިބުރިތަކާއި ފަންކާތައް ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.

8- މިސްކިތު އިމާމުންނާއި މުދިމުން ކައުންސިލް އިދާރާގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިޔުމަށް ޢުޒުރުވެރިވެއްޖެނަމަ އެދުވަހު ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާއި ހަވާލުވެހުރި އިމާމު ނުވަތަ މުދިމުގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރާ އިމާމަކީ، ތަޖްވީދު މަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއި، ރީތިކޮށް ބަންގިގޮވަން ދަންނަ މީހަކުކަމުގައި ވާންވާނެއެވެ. (އަދި މިކަން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.)

9- މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕުރޮގުރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

10- މިސްކިތު އިމާންނާއި މުދިމުން ފަރުޟް 5 ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއްގައި ބަންގި ގޮވުމަށާއި، ނަމާދަށް ހާޒިރުނުވެއްޖެނަމަ، މުސާރައާއި ސަރވިސް އެލަވަންސުން 1 ގަޑިއިރަށްޖެހޭ މިންވަރު ހިސާބުކުރުމަށްފަހު، އެ އަދަދަށް ގަޑީލާރި އުނިކުރެވޭނެއެވެ. އަދި ޗުއްޓީ ނުނަގައި ދުވާލަކު 3 ނަމާދުގެ ވަގުތަށް ހާޒިރުނުވާނަމަ، އެދުވަސް ނާންނަ ދުވަހެއްގެގޮތުގައި ބެލޭނެއެވެ.

11- މިސްކިތްތަކާ ބެހޭގޮތުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މިސްކިތްތަކުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމު

ޖީ އެސް 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި،  އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

3565.00

1500.00

އިމާމު

ޖީ އެސް 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465.00

1500.00

 

ޖީ އެސް 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ އެސް 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5020.00

1500.00

 

އެމްއެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5610.00

2000.00

 

އެމްއެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6295.00

2000.00

 

އެމްއެސް 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމުގެ މަޤާމުގައި އެމް އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

7035.00

2000.00

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް އިތުރުގަޑީ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކުރާ ދުވަސްތަކަށް ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތްފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލް ސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ. އަދި ޕެންޝަނާބެހޭ ޤާނޫނާއި، ވަޒީފާއާބެހޭ ޤާނޫނުފަދަ ޤާނޫނުތަކާ ގުޅިގެން ދޭންޖެހޭ ޢިނާޔަތްތައްވެސް ލިބިދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

4- އިމާމުކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ނުލިބިއެޖެނަމަ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް ފެންވަރު ބެލުމުގެ އިމްތިޙާނެއް ދެވޭނެއެވެ.

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 27 ނޮވެންބަރު 2014 އާއި 10 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައި މި އިދާރާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މިއިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ. މެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ ނަންބަރު 6780031 ފޯނާ ރަސްމީގަޑީގައި ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

                        16 މުޙައްރަމް 1436

09 ނޮވެންބަރު 2014
ހޯދާ