ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 18 ނޮވެންބަރު 2014 09:52 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު

އާރލީ ޗައިލްޑްހުޑް ކޯޑިނޭޓަރ (ސްޕޮންސަރ)

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/00010 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ / ކ.ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޅަފަތުގެ ތަޢުލީމީ ދާއިރާއިންް ބޭނުންވާނެ ޓެކްނިކަލް އެސިސްޓެންޓާއި ކޯޗިންގ، ކުޑަކުދިން ބަލަހައްޓާ މީހުންނަށާއި ސްޕަވައިޒަރުންނަށް މެދުނުކެޑި ފޯރުކޮށްދިނުން.
  • ތުއްތުކުދިންގެ ޅަފަތުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ޕްރޮގްރާމްތައް ރާވައި، ޝެޑިއުލްކޮށް، ޝެޑިއުލްގައިވާގޮތަށް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުން.
  • ތުއްތުކުދިންގެ ވިސްނުމާއި އެހެނިހެން ހުނަރުތައް ތަރައްޤީވަމުން އަންނަވަރު ވަޒަންކޮށް ކުދިންގެ ކުރިއެރުން ރެކޯޑުކޮށް ބެލެހެއްޓުން. އަދި އެހީ ބޭނުންވާ ކުދިންނަށް އެހީ ފޯރުކޮށްދިނުން.
  • ތުއްތުކުދިންގެ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދޭ ސިޓީ

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

މަޤާމު

ރެޖިސްޓަރޑް ނާރސް (ސްޕޮންސަރ)

ބޭނުންވާ އަދަދު

02

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ / ކ.ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

 

ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުން

 

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. އަދި ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  • ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓުފިކެޓާއި ނާރސިންގ ކައުންސިލުގެ ރެޖިސްޓްރޭޝަނާއި ލައިސަންސް އަދި ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ހުށަހެޅުއްވުން އެދެމެވެ.
  • މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.

މަޤާމު

އެސިސްޓެންޓް ޓީޗަރ (ސްޕޮންސަރ)

ބޭނުންވާ އަދަދު

1

މުސާރަ

މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ / ކ.ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

 

  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުޤު ހުންނަ ކުޑަކުދިންގެ ހިޔާ ކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤު ހުންނަ ފަރާތްތަކަށް އިންޓަރވިއުކުރުމަށްފަހު އިސްކަންދެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ގޮތުގައި މަހަކު 1000.00 ރުފިޔާއަށްވުރެ އިތުރުނުވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދޭ ސިޓީ

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2014 ނޮވެމްބަރ 23 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ކުޑަކުދިންގެ ހިޔާއަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތަން: 

ކުޑަކުދިންގެ ހިޔާ

ވިލިނގިލި، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693 / 3391694 އެވެ.

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވަޒީފާތަކަކީ މިހިޔާއަށް ހެޔޮއެދޭ ފަރާތަކުން ދެއްވާ ސްޕޮންސަރއެއްގެ ދަށުން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަން ހަމަޖެހިފައިވާ މަޤާމުތަކެކެވެ.

17 ނޮވެންބަރު 2014
ހޯދާ