ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާރފު ޝެކެއް ތަރައްގީކުރުމާއި ގުޅޭ

ސަރފް ޝެކެއް ތަރައްޤީކުރުމާއި ގުޅޭ

މިކައުންސިލުން ދެއްވާ މިންތަކާއި ކޮންސެޕްޓަށް ފެތޭގޮތަށް ކުރެހުމެއް ތައްޔާރުކޮށް ކެރަންޑޫގެ ރާޅައަޅާ ސަރަހައްދުގައި "ސާރފް ޝެކެއް" ހަދާދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާއިން ފޮނުވައިދެވޭނެއެވެ.

ބީލަން ރަޖިސްޓްރީކުރުން

2022 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން 2022 ނޮވެމްބަރު 30 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލްކުރެއްވުން އެދެން. ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ބީލަން ހުށަހެޅުން

2022 ޑިސެމްބަރު 15 ވަނަ ދުވަހުގެ 11:00 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި.

މިއިޢުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ މިއިދާރާގެ ނަންބަރު 6800890 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި، ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

17 ނޮވެންބަރު 2022
ހޯދާ