މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގައި އުފެދޭ ބަދިގެ ކުނި ބަނދަރަށް ގެންދިއުމުން އަމިއްލަ އުޅަނދެއްގައި ރަށުން ބޭރަށް އުކާލަދޭނެ ފަރާތެއް ހޯދުން

މިރަށުގެ ގޭގެއިން ބާކިވެގެން   ޑަސްބިންތަކަށް އަޅާ ބަދިގެކުނި ބަނދަރަށް ގެންދިއުމުން އަމިއްލަ އުޅަނދެއްގައި  ދުވާލަކު 1 ފަހަރު ރަށުންބޭރަށް އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ މިމަސައްކަތް އަމިއްލަ އުޅަނދެއްގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި ، ހުޅުވުން އޮންނާނީ  23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ  11:00  ގައި ދޮންފަނު ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާނަމާއި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީއާއި އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާފަރާތުގެ  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

16 ނޮވެންބަރު 2022
ހޯދާ