މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދިނުމާގުޅޭ ޑްރާފްޓް އުޞޫލު ޢާއްމުކުރުން

އިޢުލާން

               މިހާރު ޢަމަލުކުރުމަށް ފާސްކުރެވިފައިވާ ހިންމަފުށި ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެމަތީން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 288 ގޯތި ދިނުމުގައި ޢަމަލުކުރާނެގޮތުގެ ޑްރާފްޓް އުޞޫލު މިއިޢުލާނާއިއެކު ޢާއްމުކުރަމެވެ.

               ވީމާ، މިއުޞޫލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ އެންމެހައި ރައްޔިތުން ޚިޔާލު ހުށަހަޅަން ބޭނުންވާ ކަމެއްގެ ތަފްޞީލް ބަޔާންކޮށް މެއިލް ނުވަތަ ސިޓީއަކުން ނުވަތަ ލިއުމުން 30 ނޮވެމްބަރ 2022 ދުވަހުގެ ނިޔަލަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

              މިއުޞޫލަށް ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ މައްޗަށް ބަލާ ގޯތި ކޮމިޓީއާއި މިކައުންސިލުން މަޝްވަރާކޮށް އުޞޫލު ފާސްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

              ޚިޔާލު ހުށަހަޅުއްވާނީ [email protected] މެއިލްއަށެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ނޮވެންބަރު 2022
ހޯދާ