މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް  Data LAN POE switch އަށް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުން ނަންބަރު (IUL)431-AHP/1/2022/25 (20 އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ  ފަރާތްތަކުގެ ތެރެއިން ސަރުތު ހަމަވާ ފަރާތުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއް ކަމުގައިވާތީ، އެ އިޢުލާން ބާތިލްކޮށް މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

2- ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2022 ނޮވެމްބަރ 27 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. 

 

3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ނޮވެމްބަރ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ސެކަންޑް ފްލޯރ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

4- މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2022 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

16 ނޮވެންބަރު 2022
ހޯދާ