މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލް ސާރވޭ ރިޕޯޓު ހުށަހެޅުމުގެ މުއްދަތެއް ކަނޑައެޅުން

ކޮންޓްރޯލް ސާރވޭ ރިޕޯޓު ހުށަހެޅުމުގެ މުއްދަތެއް ކަނޑައެޅުން

 

ބައެއް ފަރާތްތަކުން މި އޮތޯރިޓީއިން ޕީއެސްއެމް ޕްލޭޓު ބައްލަވައިގަތުމަށް ފަހު ޕީއެސްއެމް ކޮންޓްރޯލް ސާރވޭ ރިޕޯޓު މި އޮތޯރިޓީއަށް ހުށަނާޅާ ދިގު މުއްދަތެއް ހޭދަވާކަން ފާހަގަ ކުރެވެއެވެ. މީގެ ސަބަބުން ޕީއެސްއެމް ބޭނުންކޮށްގެން ރަށް ރަށުގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތަކަށް ހުރަސްތަކެއްއެޅިގެން ދެއެވެ. އަދި ޕީއެސްއެމް ތަކުގެ އެންމެ ފަހުގެ މައުލޫމާތު މެއިންޓެއިން ކުރުމަށް މި އޮތޯރިޓީއަށް ދަތިވެއެވެ.

މިހެންކަމުން މި އިއުލާނުގެ ތާރީޚުގެ ކުރިން ޕީއެސްއެމް ޕްލޭޓުތައް ބައްލަވައިގެންފައިވާ ފަރާތްތަކުން 31 ޖެނުއަރީ 2023 ގެ ކުރިން ކޮންޓްރޯލް ސާރވޭ ރިޕޯޓު މި އޮތޯރިޓީއަށް ހުށަހެޅުމަށް އަންގަމެވެ. އަދި ދަންނަވަމެވެ. ކުރިއަށް އޮތް ތަނުގައި މި އޮތޯރިޓީއިން ޕީއެސްއެމް ޕްލޭޓުތައް ބައްލަވައިގަންނަވާ ފަރާތްތަކުން 45 ދުވަހުގެ ތެރޭގައި މި އޮތޯރިޓީއަށް ކޮންޓްރޯލް ސާރވޭ ރިޕޯޓު ހުށަހަޅައިގެން އެޕްރޫވް ކުރަންވާނެ ވާހަކަ ދެންނެވީމެވެ. މި އޮތޯރިޓީއިން ރިޕޯޓު ޗެކްކުރުމަށްދާ މުއްދަތު މި ދެންނެވި 45 ދުވަހުގެ ތެރޭގައި ނުހިމެނޭނެއެވެ.

16 ނޮވެންބަރު 2022
ހޯދާ