ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: IUL)244-ESMSMS/244/2022/56

އިޢުލާން

             ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: IUL)244-ESMSM/244/2022/53 (06 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލާމެވެ.

             މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހު 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

          ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ, [email protected] [email protected]އަށެވެ.

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 22 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

 

16 ނޮވެންބަރު 2022
ހޯދާ