އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2022 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، ދެ އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 ނޮވެމްބަރ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން، 6660606 ނަންބަރު ފޯނާ ގުޅުއްވައި ނުވަތަ [email protected] އަށް މެއިލްކުރައްވައި ނަންނޯޓްކުރެއްވުން އެދެމެވެ.
  3. މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، ނަންނޯޓްކުރައްވާ ފަރާތްތަކަށް ލިބިލައްވާނެ އެވެ. މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  4.  އަންދާސީ ހިސާބު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2022 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:30 އެވެ. މީގެފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެ އެވެ.
  5. އަންދާސީ ހިސާބު ހުށަހަޅުއްވާނީ، މި އިދާރާއަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
  6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:35 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
  7. އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާގޮތް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
16 ނޮވެންބަރު 2022
ހޯދާ