އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މައިދޮރު އޮޓޯމެޓިކް ސްލައިޑިންގް ދޮރަކަށް ބަދަލުކޮށް އިންސްޓޯލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މައިދޮރު އޮޓޯމެޓިކް ސްލައިޑިންގް ދޮރަކަށް ބަދަލުކޮށް އިންސްޓޯލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް( ތާރީޚް: (މުއްދަތު) – 15 ނޮވެންބަރ 2022 ވާ އަންގާރަ ދުވަހުން ފެށިގެން 22 ނޮވެންބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް

އީމެއިލް: [email protected] ފޯނު ނަންބަރ: 6583712

މައުލޫމާތު ދިނުން

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެސުވާލެއް ފޮނުވަންވާނީ، 24 ނޮވެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected] ފޯން: 9650885

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޙް: 27 ނޮވެންބަރ 2022 ވާ އާދިއްތަ ދުވަސް ގަޑި: 13:00( މެންދުރު)

 

މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2022
ހޯދާ