ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލާއި ގޭހުގެ މަސައްކަތަށް ބިން ދޫކުރުން

މިރަށުގެ ބަނދަރުގެ ދެކުނު ކޮޅުން ތެލާއި ގޭހުގެ ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބިން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ތެލާއި ގޭހުގެ ވިޔަފާރިއަށް ދޫކުރާ ބިންތައް ކުއްޔަށްދިނުމާގުޅޭ ބީލަން ކަރުދާސް 2022 ނޮވެމްބަރު 16 ވާ ބުދަ ދުވަހުގެ 9:00 ން ފެށިގެން 2022 ނޮވެމްބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2022 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި 2 ބިން ދޫނުކުރެވޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަޙުޞެއް ނަމަ ރަޖިސްޓްރީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ރަޖިސްޓްރީގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2022
ހޯދާ