ބ. ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިސުކޫލުގެ އިޢުލާނު ނަންބަރު (IUL)GS56/2014/26: ސެކިއުރިޓީ ބަލަހައްޓައިދޭނެފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މަސައްކަތުގެ ތަފުޞީލް:

ތުޅާދޫ ސްކޫލްގެ ސެކިއުރިޓީ 1 އަހަރު ދުވަހުގެ މުއްދަތަށް ( 1 ޖަނަވަރީ 2015 އިން 31 ޑިސެންބަރު 2015 އަށް ) ބަލަހައްޓައިދޭނެފަރާތެއް ހޯދުން

  1. ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު މަޢުލޫމާތު
  1. ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ޑިޔުޓީ ގަޑިއަކީ ހަވީރު 5:00 ން ހެނދުނު 7:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ސެކިޔުރިޓީ ބަލަހައްޓަން ވާނެއެވެ.
  2. ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6:00 ޖަހާއިރު ނަގައި، އިރުއޮއްސި 6:00 ޖަހާއިރު ތިރިކުރަންވާނެއެވެ.
  3. ޑިޔުޓީގައި މަދުވެގެން އެއް ވޮޗަރު ހުންނަން ވާނެއެވެ.
  4. ޑިޔުޓީއެއްގެ ދިގުމިނަކީ ލޭބަރ ލޯގައި ބަޔާން ވެގެންވާ ގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  5. ޑިޔުޓީގައި ތިބޭ މުވައްޒަފުން ތިބެންޖެހޭނީ ކޮންބައެއްކަން އެނގޭ ޔުނީފޯމެއް އަޅައިގެންނެވެ.
  6. ޑިޔުޓީގައި ހުންނައިރު އިށީންނާނެ ގޮނޑިއާއި ޑިޔުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.
  7. ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ޖެހިގެން އަންނަ މަހުގެ ޑިޔުޓީ ރޯސްޓަރ ސްކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޑިއުޓީގައި ހުންނަ މުވައްޒަފަކު ބަދަލުވިޔަސް އެކަން އޮފީހުގައި އެވަގުތަކު ހުންނެވި ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް އަންގަވަންވާނެއެވެ.
  8. ބިޑް ހުށަހަޅުއްވާ ފަރާތުން މި މަސައްކަތް އޮގަނައިޒް ކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ގުޅޭނެ ފޯނު ނަންބަރާއި ގުޅަންޖެހޭ މީހެއްގެ ނަމާއެކު ހުށަހަޅަންވާނެއެވެ.
  9. ބިޑް ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލެއް ހުށަހަޅަންވާނެއެވެ.
  10. އަމިއްލަ ފަރުދުންނަށާއި، ކުންފުނި ، ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް މިކަމަށް ކުރިމަތިލެވިދާނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެސްކޫލެއް ހުންނަ ރަށުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  11. ގަވާއިދުން ރަޖިސްޓަރީކޮށްގެން ސެކިޔުރިޓީ ބެލެހެއްޓުމުގެ ޚިދުމަތްދޭ ފަރާތްތަކުން ރަޖިސްޓަރީގެ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  12. މަސައްކަތުގެ ތަޖުރިބާ ހުރިކަން ހާމަކޮށްދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުން އޭގެކުރިން ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދީފައިވާ ތަންތަނުން ދޫކޮށްފައިވާ މަސައްކަތްކުރިކަން އަންގައިދޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  13. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ޑިޔުޓީ ގަޑިއަކީ ހަވީރު 5.00 ން ހެނދުނު 7:00 އަށެވެ. ކިޔެވުން ނޯންނަ ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިޔުޓީ ކުރަންވާނެއެވެ.
  14. ސްކޫލްގައި ބޭއްވޭ އެސްއެސްސީ / އެޗްއެސްސީ އިމްތިޙާނާއި، ޖީސީއީ އޯލެވެލް / އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސްތައް ސްކޫލްގެ ސެކިޔުރިޓީ ރޫމަށް ލީއްސުރެ، އެއިމްތިޙާނުތައް ނިމިގެން ޖަވާބު ކަރުސާސްތައް ނެރެންދެން ސްކޫލްގެ ސެކިޔުރިޓީ ރޫމްގެ ސެކިޔުރިޓީ ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރު އަގަކާނުލައި ބަލަހައްޓައިދޭން ވާނެއެވެ.
  15. ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6:00 ޖަހާއިރު ނަގައި، އިރުއޮއްސި 6:00 ޖަހާއިރު ތިރިކުރަންވާނެއެވެ.
  16. ޑިޔުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭން ވާނެއެވެ.
  17. ޑިޔުޓީގައި މަދުވެގެން އެއް ވޮޗަރު ހުންނަން ވާނެއެވެ.
  18. ޑިޔުޓީއެއްގެ ދިގުމިނަކީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާން ވެގެންވާ ގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  19. ޑިޔުޓީގައި ތިބޭއިރު ޤަވާޢިދުން ގަޑިއަކު އެއްފަހަރު ސްކޫލްގެ ޢިމާރާތްތަކާއި ގޯތިތެރެއާއި އެންމެހައި ތަންތަން ބަލައި ޗެކްކޮށް، އެއިން ތަނަކަށް އެއްވެސް ގެއްލުމެއް ލިބޭފަދަ ހާދިސާއެއް ހިނގާފައިވާ ޑިޔުޓީ ލޮގް ފޮތުގައި ރެކޯޑްކޮށް އެކަމެއް ވަގުތުން ސްކޫލުން ޢައްޔަންކޮށްފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
  20. ޑިޔުޓީ ބަދަލުވާއިރު ކުރިން ހުރި ވޮޗަރު ، އަލަށް ޑިޔުޓީއާ ޙަވާލުވާ މީހާއަށް ސްކޫލްގެ ޢިމާރާތްތަކާއި އެންމެހައި މުދަލާއި ތަންތަން ދައްކައި، އެއްވެސް ގެއްލުމެއް ވެފައިހުރިތޯ ރަނގަޅަށް ޗެކްކުރަން ވާނެއެވެ.
  21. ޑިޔުޓީގައި ތިބޭ މުވައްޒަފުން ތިބެންޖެހޭނީ ކޮންބައެއްކަން އެނގޭ ޔުނީފޯމެއް އަޅައިގެންނެވެ. އަދި އެމީހެއްގެ ނަންކާޑެއް ހަދައި ބޭރަށް ފެންނާނެހެން ޔުނިފޯމުގެ ޖީބުގައި ނުވަތަ ކަރުގައި އަޅުވާފައި ހުންނަންވާނެއެވެ.
  22. ޑިޔުޓީގައި ހުންނައިރު އިށީންނާނެ ގޮނޑިއާއި ޑިޔުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.
  23. ޑިޔުޓީގައި ހުންނަ ވޮޗަރު ބަލަހައްޓަންޖެހޭ ސަރަޙައްދު، މަގުތަކާއެކު ފާހަގަ ކުރެވިފައި އޮންނަންވާނެއެވެ.
  24. ޤަވާޢިދުން ސެކިޔުރިޓީ ބަލަހައްޓަންޖެހޭ ގަޑިއެއްގައި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތައް ފިޔަވައި ސްކޫލްގެ ޢިމާރާތްތަކަށާއި މުދަލަށް ލިބޭ ގެއްލުންތަކަށް މަސައްކަތާ ހަވާލުވި ފަރާތުން ޒިންމާ ވާންޖެހޭނެއެވެ.
  25. ޑިޔުޓީގަޑީގައި ތިބޭ ގަޑިތަކުގައި ކަމާނުބެހޭ އެއްވެސް މީހަކު ސްކޫލްގެ ގޯތިތެރެއަށާއި، ޢިމާރާތްތަކުގެ ތެރެއަށް ވައްދައިގެން ނުވާނެއެވެ.
  26. ވޮޗަރުންގެ ގޮތުގައި ތިބޭ މީހުންނަކީ އަޚުލާޤީ ގޮތުން ސްކޫލްތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ސެކިޔުރިޓީ ބެލެހެއްޓުމުގައި ބޭނުންކުރަންވާނީ، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ ފަރާތްތަކެވެ. އަދި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚުލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ އެއްވެސް މީހަކު މިކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ފޯމް ހުށަހަޅަންވާނެއެވެ.
  27. މި މަސައްކަތުގައި ގެންގުޅުއްވަންވާނީ ޢުމުރުން 18 އަހަރުފުރިފައިވާ، ޢުމުރުން 55 އަހަރުންދަށުގެ ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ދިވެހި ރައްޔިތުންނެވެ.

 3.  އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

(ހ).  އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

(ށ).  އަންދާސީހިސާބުހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ތުޅާދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންޖެހޭނެއެވެ.

 4.  އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

(ހ).  ސްކޫލުން ދޭ އަގުހުށަހަޅާ ފޯމް

(ށ).  އަންދާސީހިސާބު ހުށަހަޅަނީ އަމިއްލަފަރާތަކުން ނަމަ އެފަރާތުގެ މުއްދަތުހަމަނުވާ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.

(ނ).  ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.

(ރ).  މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިޔުމެއް ލިބިފައިވާނަމަ ލިބިފައިވާ ލިޔުންތައް.(ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ).

 5.  މަސައްކަތް ޙަވާލުކުރުން         

  މަސައްކަތް ޙަވާލުކުރާނެފަރާތެއް ކަނޑައެޅުމުގައި އިސްކަންދެވޭނީ އަގާއި، ތަޖުރިބާއާއި، ވަކިވަކި ޑިއުޓީގައި ބޭނުންކުރާ މުވައްޒަފުންގެ ޢަދަދު ބެލުމަށްފަހު އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. 

 6.  ޕޮއިންޓް ދޭނެގޮތް:

  1. ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.

    - މަސައްކަތުގެ އަގަށް: 70 ޕޮއިންޓް

    - ތަޖުރިބާ އަށް: 18 ޕޮއިންޓް (ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)

    - ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް  12 ޕޮއިންޓް (6 މީހުނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)   

ވީމާ، މި ކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޢިއުލާނުގައި ދެވިފައިވާ މަޢުލޫމާތުތަކާ އެއްގޮތަށް 24 ނޮވެންބަރު 2014 ވާ ހޯމަދުވަހުގެ 11:00 އަށް  ސްކޫލް އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

12 ނޮވެންބަރު 2014
ހޯދާ