މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވެއެވެ.

އިޢުލާން

ނ. ފޮއްދޫ ބަނދަރުހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (93 /4)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް 16 ނޮވެންބަރު 2014 ވާ އާދީއްތަދުވަހުން ފެށިގެން މިމިނިސްޓްރީން މަޢުލޫމާތު ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

ބިޑް ހުށަހެޅުމަށް 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004117  ފެކްސް:3004301

އީ-މެއިލް: [email protected]

20 މުޙައްރަމް 1436ހ.

13 ނޮވެންބަރު 2014
ހޯދާ