މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

                                                                               ނަންބަރ: (IUL)10-M/10/2022/174

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މި ދައުރުގެ 15  މެންބަރުންގެ ތެރެއިން 13 މެންބަރުންގެ މުއްދަތު، 14 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާތީ، މި ކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލަމެވެ. އަދި، ރަޖިސްޓްރީކުރުމަށް ހުށަހަޅުއްވަން ޖެހޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA  އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވެމެވެ. ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2022 ނޮވެންބަރު 15، 16، 17، 20، 21 މި ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރުފަހު 1:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އިންނެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ނޮވެންބަރު 2022
ހޯދާ