ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން ( ބީލަން ހުށަހެޅުމުގެ ދަޢުވަތު )

 

ޕްރީސްކޫލް ދަރިވަރުންގެ އައުޓްޑޯ ޕްލޭގްރައުންޑް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން.

 
   

 

 

 

އިޢުލާން

 

މި ސްކޫލުގެ ގޯތިތެރޭގައިވާ ޕްރީސްކޫލް ދަރިވަރުންގެ އައުޓްޑޯ ޕްލޭގްރައުންޑް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2022 ވަނަ ދުވަހުން ފެށިގެން 21 ނޮވެމްބަރ 2022ވަނަ ދުވަހާއި ދެމެދު މިއިދާރާގައި ނަންނޯޓްކުރައްވައި، 2022 ނޮވެމްބަރ 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30އަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ނޮވެމްބަރ 24ވާ ބުރާސްފަތި ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

  • ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • މިކަމާއިގުޅޭ ބިޑްފޮތް މި ސްކޫލުން ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

ވ. ފެލިދޫ / ދިވެހިރާއްޖެ

ފޯން: 6700026

އީ-މެއިލް އެޑްރެސް: [email protected]

14 ނޮވެންބަރު 2022
ހޯދާ