ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލްގެ އިޙްތިޞޯސްގެ ތެރޭގައި ހިމެނޭ 4.7 ހެކްޓަރުގެ ފަޅުރަށް (ގއ.ކޮނޑޭ ވިލިނގިލި)  މީލާދީ 3 އަހަރު ދުވަހުގެ މުއްދަތައް ބީލަން އުޞޫލުން ކުއްޔަށް ދޫކުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ކޮނޑޭ ވިލިނގިލި ކުއްޔަށް ނެންގެވުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 11 އާއި 2022 ނޮވެމްބަރ 17 އާއި ދެމެދު [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ އެއްވެސް ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ. 

ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުމާއި ބެހޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ނޮވެމްބަރ 20 ވަނަ ދުވަހުގެ 13:00 ގައި އޮންލައިންކޮށް ޒޫން މެދުވެރިކޮށެވެ. އަދި މަޢުލޫމާތު ދިނުުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވި ކަމުގައިވީ ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އީމެއިލް މެދުވެރިކޮށް ދަޢުވަތު އެރުވޭނެއެވެ..  ރަށް ކުއްޔަށް ނެންގެވުމަށް ޕްރޮޕޯސަލް ހުށަހަޅުއްވަން ޖެހޭ ތާރީޚަކީ 2022 ނޮވެމްބަރ 24 ވަނަ ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީވެސް 2022 ނޮވެމްބަރ 24 ވަނަ ދުވަހުގެ 13:00 ގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައެވެ. ޕްރޮޕޯސަލް ބަލައި ގަތުމާއި، ހުޅުވުމުގެ ކަންކަން ކުރިއަށް ދަނީ ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ހޯލުގައެވެ. ކައުންސިލް އިދާރާއަށް ވަޑައިނުގެން އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައި ނުގަނެވޭނެއެވެ. 

ކޮނޑޭ ވިލިގިލި ކުއްޔަށް ނަގާ ފަރާރްރަކަށް އެރުވޭ މަޢޫލޫމާތު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

އިތުރު މަޢުލޫމާތު ސާފް ކުރައްވަން ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

ސަރަޙައްދީ މަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ،

ފޯން އަދި ފެކްސް: 6821045 / 9662499

އީމެއިލް : [email protected]

 

10 ނޮވެންބަރު 2022
ހޯދާ