ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު

ފިރިހެން 02 (ދޭއް)

އަންހެން 01 (އެކެއް)

ކޮންޓްރެކްޓް މުއްދަތު

02 ( ދޭއް ) އަހަރު

އުޖޫރަ

-  A0,A1  ކެޓަގަރީގެ އުޅަނދަކަށް 15.00 (ފަނަރަ ރުފިޔާ)

-  އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް 25.00 ( ފަންސަވީސް ރުފިޔާ )

ޝަރުތު

-  އުމުރުން 55 އަހަރުވެފައިވާ މީހެއްކަމުގައި ނުވުން.

-  ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން

-  ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން

-  ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

-  A1,A0,B1,B2,C1,C2,C3,C4ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފިރިހެން އެގްޒަމިނަރ އަކަށް ވުމާއެކު  މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

-  މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

- A0,A1 ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ އަންހެން އެގްޒަމިނަރ އަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

-  މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

މަސްއޫލިއްޔަތު

  1. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ޢާއްމު ކުރައްވާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީ ގޮތް" އުޞޫލާއި އެއްގޮތަށް މި ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން.
  2. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 11:00 އަށް މި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދުއްވުމުގެ އިމްތިހާން ބޭއްވުން. 

 

ޚިދުމަތް ދޭ ގަޑި

ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން 11:00 އަށް.

މިކަމަށް އެދި ހުށަހަޅަންވީގޮތާއި ސުންގަޑި

2022 ނޮވެންބަރު 20 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ސިޓީއަކުން މި ކައުންސިލަށެވެ.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި، ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެވޭނެކަން ބަޔާންކުރަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 03 ( ތިނެއް ) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  2. ދިވެހިރައްޔިތެންކަން އަންގައިދާ ކާޑުގެ ސާފު ކޮޕީ ( ދެފުށުގެ )
  3.  އެއްގަމު ލައިސަންސްގެ ސާފު ކޮޕީ
  4. ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 މަޢުލޫމާތު ސާފުކުރެއްވުމަށް 6500090 ނުވަތަ 6500115 އާއި ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

09 ނޮވެންބަރު 2022
ހޯދާ