ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކުނަހަންދޫ ކައުންސިލްގެ ޕިކަޕް މަރާމާތު ކުރުން

އިޢުލާން

 

ލ. ކުނަހަންދޫ ކައުންސިލްގެ ޕިކަޕް މަރާމާތު ކުރުން

 

މި ކައުންސިލްގެ ޕިކަޕް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް 07 ސެޕްޓެމްބަރު 2022 ގައި ކުރި އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތެއް ހުށައަޅާފައި ނުވާތީ އެ އިއުލާން ބާތިލް ކޮއް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި ކައުންސިލުން ހުށައަޅާ މައުލޫމާތު ސީޓާއި އެއްގޮތަށް ޕިކަޕް މަރާމާތު ކޮއްދިނުމައް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

    ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 20 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

 

    މިކަމާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 20 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected]  އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.

 

     ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ނޮވެމްބަރު 2022 ވާ އަންގާރަ  ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

09 ނޮވެންބަރު 2022
ހޯދާ