މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ބާވެ، ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި ސްކޫލުގައި ބޭނުންކޮށް ބާވެފައިވާ ތަކެއްޗާއި ހަލާކުވެފައި ހުރި ބައެއް ތަކެތި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތާލުމުގައި ޢަމަލު ކުރާނެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އޮފީހަކުން ތަކެތި ބޭނުންވޭތޯ ބެލުމަށް ކުރި ޢިއުލާނަށް ޖަވާބެއް ލިބިފައިނުވާތީ އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.ވީމާ، ތަކެތި ނީލަން ކިޔުން 19 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި މިސްކޫލުގައި އޮންނާނެއެވެ.

  • ނީލަމުން ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށް ފަހުގައެވެ. ތަކެއްޗައް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރިޕޭ އިންނެވެ. އަދި ނީލަން ކިޔާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އޮންނަ އުޞޫލުގެ ތެރެއިން ނައްތާލެވޭނެއެވެ.
  • މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ބޭފުޅުން މަތީގައިވާ ގަޑިއަށް ސްކޫލަށް ދުރުވެ ދެއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް

ހދ މަކުނުދޫ، ދިވެހިރާއްޖެ

ފޯން: 6520529

އީ-މެއިލް: [email protected]

09 ނޮވެންބަރު 2022
ހޯދާ