ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަމުގެ ދައުވަތު

ބީލަމުގެނަން: ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުން

ބީލަން ނަންބަރު: 400/PROJ/2022/5

އިއުލާނު ނަމްބަރު: (IUL)400/INDIV/2022/    

އިއުލާނުގެ ވަނަ: 01

ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުމުގެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ރަޖިސްޓްރީ ކުރުން

  • 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. ބީލަން ރަޖިސްޓްރޭޝަންފީއަކީ -/100ރ އެވެ.
  • ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ބީލަން ރަޖިސްޓްރޭޝަންފޯމް ފުރިހަމަކުރުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަންފީ ޖަމާކުރުމަށްފަހު ފޯމާއި ސްލިޕް މިކައުންސިލްގެ މެއިލްއެޑްރެސް އަށް([email protected]) މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމު ހުށައެޅުއްވުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001

އެކައުންޓް ނަން: 1451 Revenue-1

  • މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރުން / މައުލޫމާތު ދިނުން

  • މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް/ޕްރީ-ބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ބީލަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނޭ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ.
  • މި ބީލަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 ނޮވެމްބަރ 20 ވާ އާދީއްތަ ދުވަހު 13:30އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ.މާވަށު ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2022 ނޮވެމްބަރ 20 ވާ އާދީއްތަ ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
   
08 ނޮވެންބަރު 2022
ހޯދާ