ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އިންސްޓޯލްކޮށް މަރާމާތު ކުރުމާ ބެހޭ

އެއަރކޮންޑިޝަން އިންސްޓޯލްކޮށް މަރާމާތު ކުރުމާ ބެހޭ.

            ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައާއި މި އިދާރާގެ ބެލުމުގެ ދަށުގައިވާ އެހެނިހެން ޢިމާރާތްތަކުގައި ހަރުކުރަންޖެހޭ އެއަރކޮންޑިޝަންތައް އަދި މިހާރު ހަރުކޮށްފައިހުރި އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސާރވިސްކުރުމުގެ މަސައްކަތް، ހޯރަފުށީ ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭން ބޭނުންވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

            މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުށަހެޅުމާއި ހުޅުވުން:

           2022 ނޮވެމްބަރ 16 ވަނަ ދުވަހުގެ 11:30ގެ ކުރިން ބިޑު ހުށަޅަންވާނެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ނޮވެމްބަރ 16 ވާ ބުދަ ދުވަހުގެ 11:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގެ ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 45 ދުވަސް ވެލިޑިޓީ މުއްދަތުގެ ގޮތުގައި އޮންނަންވާނެއެވެ.

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ އިޚްތިޔާރު އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

08 ނޮވެންބަރު 2022
ހޯދާ