ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ގއ.ކޮލަމާފުށި)

މިކޯޕަރޭޝަންގެ ގއ.ކޮލަމާފުށީ ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ލޮރީ ޑްރައިވަރ

ބޭނުންވާ އަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

 މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގއ.ކޮލަމާފުށި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް C1 ނުވަތަ  C2ފާސް އޮތުން

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސުޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް ދުއްވުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

- ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.

- ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

ސުންގަޑި:

-  މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                          14 ރަބީޢުލް އާޚިރު 1444   

07 ނޮވެންބަރު 2022
ހޯދާ