މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

މ. އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ނޮވެންބަރު 2014 ވާ ހޯމަދުވަހުގެ މެންދުރުކުރީގެ 10:30 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފާރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ޤަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދޭނީ ތިރީގައި މިވާ އުސޫލުންނެވެ.

* އަގަށް %90                                        

* ތަޖުރިބާއަށް %5                                  

* ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމެންޓެއްނަމަ %5

09 ނޮވެންބަރު 2014
ހޯދާ