ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ކޯސް ކަރިކިއުލަމް އެކުލަވައިލުން

އައި.އެމް.އޯ ގެ STCW’95 ކޮންވެންޝަންގެ ދަށުން ސެޓުފިކެޓު ލިބިގެން ބޯޓުފަހަރުގައި އޮފިސަރުންނާއި އިންޖިނިއަރިންގގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސެޓުފިކެޓު STCW’2010 ގެ ދަށަށް ބަދަލުކުރުމަށްޓަކައި އެފަރާތްތަކަށް ރެފްރެޝަރ އެންޑް އަޕްޑޭޓިންގ ކޯހެއް ހިންގަންޖެހޭކަމަށް މި ކޮންވެންޝަންގެ 11/1 ރެގިއުލޭޝަނުން ކަނޑައަޅާފައިވެއެވެ. އެގޮތުން ތިރީގައި ނަންގަނެވިފައިވާ ކޯސް މިސެންޓަރުގައި ކިޔަވައިދިނުމަށްޓަކައި ކޯހުގެ އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަހެއް ލިޔުމަށް ބޭނުންވެއެވެ.

- "ރެފްރެޝަރ އެންޑް އަޕްޑޭޓިން ކޯސް ފޮރ އިން ޖިނިއަރިންގ"

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިވާ ގަޑިއަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ވިލިނގިލި) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން، ސީ.ވީ.އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަތީގައި ބަޔާންކޮށްފައިވާ މާއްދާއާގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ، ބެޗްލަރސް ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ފަރާތްތަކުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

19 ނޮވެންބަރު 2014

14:00

އަންދާސީހިސާބު ހުށަހެޅުއްވުން

24 ނޮވެންބަރު 2014

14:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ