ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސ. ހިތަދޫގައި އިމާރާތްކުރާ އޮފީސް އިމާރާތާއި ދަރިވަރުންގެ ކޮމަން ރޫމުތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ. ހިތަދޫގައި އިމާރާތްކުރާ އޮފީސް އިމާރާތާއި ދަރިވަރުންގެ ކޮމަން ރޫމުތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މަޢުލޫމާތު ކަރުދާސް ދޫކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

17 މުޙައްރަމް 1436         

10 ނޮވެންބަރު 2014
ހޯދާ